< Return to Video

AI: Training Data & Bias

  • 0:07 - 0:12
    މެޝިން ލާނިންގ ރަނގަޅުވާނީ އެއަށް އަޅާ ޓްރެއިނިންގ ޑޭޓާ ރަނގަޅުވެގެން
  • 0:12 - 0:16
    އެހެން ކަމުން, ފެންވަރު ރަނގަޅު ޑޭޓާ ބޭނުންކުރުން ވަރަށް ވަރަށް މުހިއްމު, އަދި ވަރަށް ބައިވަރު ޑޭޓާ
  • 0:17 - 0:22
    އެކަމަކު ޑޭޓާ މިހާ މުހިއްމު ވާއިރު, މި ޓްރެއިނިންގ ޑޭޓާ އަންނަނީ ކޮންތާކުންތޯ އަހާލުމަކީ މުހިއްމު ކަމެއް
  • 0:22 - 0:26
    ގިނަ ފަހަރަށް ކޮމްޕިޔުޓަރަށް ބޭނުންވާ ޓްރެއިނިންގ ޑޭޓާ އެއްކުރަނީ އަހަރުމެން ފަދަ މީހުންގެ ފަރާތުން
  • 0:26 - 0:28
    އަހަރުމެންގެ މާބޮޑު މަސައްކަތަކާއި ނުލާ
  • 0:28 - 0:31
    ވީޑިއޯ ސްޓްރީމް ކުރާ ޚިދުމަތަކުން, އަހަރުމެން ބަލަނީ ކޮން ވީޑިއޯތަކެއްތޯ ބަލާފާނެ, އަދި މިޑޭޓާއިން ޕެޓަރންތަކެއް ދެނެގަންނާނެ
  • 0:32 - 0:36
    އަދި އަހަރުމެން ދެން ބަލަން ބޭނުން ވެދާނެ ވީޑިއޯ ރިކޮމެންޑްކުރާނެ
  • 0:37 - 0:43
    ބައެއް ފަހަރު, އަހަރުމެން ފަރާތުން އެހީއަށް އެދޭ. މިސާލަކަށް މަގުމަތީގެ ނިޝާންތަކާއި ފޮޓޯތައް ދެނެގަންނަން ބައެއް ވެބްސައިޓްތަކުގައި ބުނެފައި ހުރޭ
  • 0:44 - 0:49
    މިފަދަ ހާލަތުގައި އަހަރުމެން ޓްރެއިނިންގ ޑޭޓާ ފޯރުކޮށްދިނުމުން, މެޝިނަކަށް ފެނުމަށް ދަސްކޮށްދެވެނީ. އަދި ކޮންމެ ވެސް ދުވަހަކު ދުއްވަންވެސް ދަސްކޮށްދެވިދާނެ
  • 0:52 - 0:56
    ސިއްހީ ދިރާސާ ކުރާ ފަރާތްތަކުން ޓްރެއިނިންގ ޑޭޓާގެ ގޮތުގައި މެޑިކަލް އިމޭޖް ބޭނުންކޮށްގެން
  • 0:57 - 1:00
    ބަލިތައް ދެނެގަތުމާށައި އޭގެ ފަރުވާ ހޯދުމަށް ކޮމްޕިޔުޓަރަކަށް ދަސްކޮށްދެވިދާނެ
  • 1:00 - 1:06
    މެޝިން ލަރނިންގ އަށް ޓްރެއިންނިންގ ޑޭޓާގެ ގޮތުގައި ސަތޭކައިން ހާހުން ފޮޓޯ ބޭނުންވާނެ, އަދި ޑޮކްޓަރެއްގެ އިރުޝާދުވެސް ބޭނުންވާނެ
  • 1:06 - 1:10
    ބަލަންވީ ކަންތައްތައް އެނގޭނެ ޑޮކްޓަރުންގެ އިރުޝާދު. އޭގެން ރަނގަޅަށް ބަލި ދެނެގަތުމުގެ ކުރިން
  • 1:11 - 1:16
    އެތަށް ހާސް މިސާލެއް ދިންނަމަވެސް, ކޮމްޕިޔުޓަރ ބޭނުންކޮށްގެން ކުރިއަށް ލަފާކުރުމުގައި މައްސަލަ ހުރެދާނެ
  • 1:16 - 1:21
    ފިރިހެނުންގެ ހަށިގަނޑުގެ އެކްސްރޭގެ ޑޭޓާ ނަގައިފިނަމަ, ކޮމްޕިޔުޓަރު ކުރިއަށް ލަފާކުރާގޮތް ހަމައެކަނި ދިމާވާނީ ފިރިހެނުންނަށް
  • 1:22 - 1:26
    އަންހެނެއްގެ ހަށިގަނޑުގެ އެކްސްރޭ ބަލާފައި ބަލި ދެނެގަންނަން ބުނެފިނަމަ, އެކަން ނޭގިދާނެ
  • 1:27 - 1:31
    ޓްރެއިނިންގ ޑޭޓާގައި މިފަދަ ބައިތައް މަދުވެއްޖެނަމަ, މީގެން ބައެސް (ވަކިފަރާތަކަށް ޖެހިފައިވާ ނުވަތަ ވަކި ބަޔަކަށް އެކަނި މަސައްކަތްކުރާ) ކިޔުނު އެއްޗެއް އުފެދޭ
  • 1:31 - 1:36
    މިފަދަ ޑޭޓާއިން ބައެއް ތަކެއްޗަށް ބުރަވޭ. އަދި ބާކި ހުރި ބަޔަށް މުހިއްމު ކަމެއް ނުދޭނެ. ނުވަތަ އެބައި އުނިކޮށްލާ
  • 1:37 - 1:42
    ޓްރެއިނިންގ ޑޭޓާ އެއްކޮށްފައިވާ ގޮތާއި އެއްކުރާ މީހާއާއި ޑޭޓާ އަޅާ ގޮތަށް ބިނާކޮށް
  • 1:42 - 1:45
    ޑޭޓާގައި އިންސާނުންގެ ބައެސް (ވަކިފަރާތަކަށް ޖެހިފައި) ހުރުމުގެ ފުރުސަތު އޮންނާނެ
  • 1:46 - 1:51
    ވަކި ފަރާތަކަށް ޖެހިފައިވާ ޑޭޓާ އިން ދަސްކޮށްގެން ކޮމްޕިޔުޓަރުން ލަފާކުރާނީވެސް ވަކި ފަރާތަކަށް ޖެހިގެން
  • 1:51 - 1:54
    ކޮމްޕިޔުޓަރަށް ޓްރެއިންކޮށްދޭ މީހުންނަށް އެނގިގެން ނޫނީ ނޭނގި ވެސް އެހެން ވެދާނެ
  • 1:55 - 1:58
    :ޓްރެއިނިންގ ޑޭޓާއަށް ބަލާއިރު, ދެ ސުވާލެއް އަހާލާ
  • 1:59 - 2:02
    ?ކޮމްޕިޔުޓަރަށް ރަނގަޅަށް އެނގޭނޭ މިންވަރަށް ޑޭޓާ އެބަހުރިތޯ
  • 2:02 - 2:07
    ?އަދި އެއްވެސް ފަރާތަކަށް ބުރަނުވެ, ވެދާނެ ހުރިހާ ގޮތްތަކެއް މިޑޭޓާ އިން ރަމްޒުކޮށްދޭތޯ
  • 2:07 - 2:11
    މިއީ އަހަރުމެން އިންސާނުން މުހިއްމު ރޯލެއް އަދާކުރާނެ ހާލަތެއް
  • 2:11 - 2:14
    ބައެސް (ވަކި ފަރާތަކަށް ޖެހުން) ނުހިމެނޭ ޑޭޓާ މެޝިނަށް ދިނުމަކީ އަހަރުމެންގެ އަތްމަތީގައި އޮތް ކަމެއް
  • 2:14 - 2:18
    މީގެ މާނައަކީ ވަރަށް ވަރަށް ބައިވަރު ޑޭޓާ, ވަރަށް ގިނަ ތަންތަނުން ހޯދުން
  • 2:19 - 2:23
    މެޝިން ލަރނިންގ އަށް ޑޭޓާ ހޯދާއިރު ހަނދާނުގައި ބަހައްޓަންޖެހޭ ކަމަކީ
  • 2:23 - 2:27
    އަހަރުމެން އަސްލު މި ޕްރޮގްރާމް ކުރަނީ އެލްގޮރިދަމްއެއް... ކޯޑުގެ ބަދަލުގައި ޓްރެއިންގ ޑޭޓާ ބޭނުންކޮށްގެން
  • 2:27 - 2:30
    މިހާލަތުގައި ކޯޑަކީ ޑޭޓާ
  • 2:30 - 2:35
    ކޮމްޕިޔުޓަރ ރަނގަޅަށް ދަސްކުރާނީ... ޑޭޓާ ވެސް ރަނގަޅު ވެގެން
Title:
AI: Training Data & Bias
Description:

more » « less
Video Language:
English
Team:
Code.org
Project:
How AI Works
Duration:
02:41

Divehi subtitles

Revisions Compare revisions