1 00:00:07,490 --> 00:00:11,760 މެޝިން ލާނިންގ ރަނގަޅުވާނީ އެއަށް އަޅާ ޓްރެއިނިންގ ޑޭޓާ ރަނގަޅުވެގެން 2 00:00:11,800 --> 00:00:15,820 އެހެން ކަމުން, ފެންވަރު ރަނގަޅު ޑޭޓާ ބޭނުންކުރުން ވަރަށް ވަރަށް މުހިއްމު, އަދި ވަރަށް ބައިވަރު ޑޭޓާ 3 00:00:16,760 --> 00:00:21,960 އެކަމަކު ޑޭޓާ މިހާ މުހިއްމު ވާއިރު, މި ޓްރެއިނިންގ ޑޭޓާ އަންނަނީ ކޮންތާކުންތޯ އަހާލުމަކީ މުހިއްމު ކަމެއް 4 00:00:22,280 --> 00:00:26,260 ގިނަ ފަހަރަށް ކޮމްޕިޔުޓަރަށް ބޭނުންވާ ޓްރެއިނިންގ ޑޭޓާ އެއްކުރަނީ އަހަރުމެން ފަދަ މީހުންގެ ފަރާތުން 5 00:00:26,260 --> 00:00:27,860 އަހަރުމެންގެ މާބޮޑު މަސައްކަތަކާއި ނުލާ 6 00:00:28,440 --> 00:00:31,480 ވީޑިއޯ ސްޓްރީމް ކުރާ ޚިދުމަތަކުން, އަހަރުމެން ބަލަނީ ކޮން ވީޑިއޯތަކެއްތޯ ބަލާފާނެ, އަދި މިޑޭޓާއިން ޕެޓަރންތަކެއް ދެނެގަންނާނެ 7 00:00:31,660 --> 00:00:36,000 އަދި އަހަރުމެން ދެން ބަލަން ބޭނުން ވެދާނެ ވީޑިއޯ ރިކޮމެންޑްކުރާނެ 8 00:00:37,420 --> 00:00:43,200 ބައެއް ފަހަރު, އަހަރުމެން ފަރާތުން އެހީއަށް އެދޭ. މިސާލަކަށް މަގުމަތީގެ ނިޝާންތަކާއި ފޮޓޯތައް ދެނެގަންނަން ބައެއް ވެބްސައިޓްތަކުގައި ބުނެފައި ހުރޭ 9 00:00:43,780 --> 00:00:49,280 މިފަދަ ހާލަތުގައި އަހަރުމެން ޓްރެއިނިންގ ޑޭޓާ ފޯރުކޮށްދިނުމުން, މެޝިނަކަށް ފެނުމަށް ދަސްކޮށްދެވެނީ. އަދި ކޮންމެ ވެސް ދުވަހަކު ދުއްވަންވެސް ދަސްކޮށްދެވިދާނެ 10 00:00:52,320 --> 00:00:56,440 ސިއްހީ ދިރާސާ ކުރާ ފަރާތްތަކުން ޓްރެއިނިންގ ޑޭޓާގެ ގޮތުގައި މެޑިކަލް އިމޭޖް ބޭނުންކޮށްގެން 11 00:00:56,520 --> 00:00:59,900 ބަލިތައް ދެނެގަތުމާށައި އޭގެ ފަރުވާ ހޯދުމަށް ކޮމްޕިޔުޓަރަކަށް ދަސްކޮށްދެވިދާނެ 12 00:01:00,300 --> 00:01:05,560 މެޝިން ލަރނިންގ އަށް ޓްރެއިންނިންގ ޑޭޓާގެ ގޮތުގައި ސަތޭކައިން ހާހުން ފޮޓޯ ބޭނުންވާނެ, އަދި ޑޮކްޓަރެއްގެ އިރުޝާދުވެސް ބޭނުންވާނެ 13 00:01:05,640 --> 00:01:09,920 ބަލަންވީ ކަންތައްތައް އެނގޭނެ ޑޮކްޓަރުންގެ އިރުޝާދު. އޭގެން ރަނގަޅަށް ބަލި ދެނެގަތުމުގެ ކުރިން 14 00:01:10,520 --> 00:01:15,540 އެތަށް ހާސް މިސާލެއް ދިންނަމަވެސް, ކޮމްޕިޔުޓަރ ބޭނުންކޮށްގެން ކުރިއަށް ލަފާކުރުމުގައި މައްސަލަ ހުރެދާނެ 15 00:01:15,880 --> 00:01:21,480 ފިރިހެނުންގެ ހަށިގަނޑުގެ އެކްސްރޭގެ ޑޭޓާ ނަގައިފިނަމަ, ކޮމްޕިޔުޓަރު ކުރިއަށް ލަފާކުރާގޮތް ހަމައެކަނި ދިމާވާނީ ފިރިހެނުންނަށް 16 00:01:21,880 --> 00:01:26,300 އަންހެނެއްގެ ހަށިގަނޑުގެ އެކްސްރޭ ބަލާފައި ބަލި ދެނެގަންނަން ބުނެފިނަމަ, އެކަން ނޭގިދާނެ 17 00:01:26,620 --> 00:01:30,820 ޓްރެއިނިންގ ޑޭޓާގައި މިފަދަ ބައިތައް މަދުވެއްޖެނަމަ, މީގެން ބައެސް (ވަކިފަރާތަކަށް ޖެހިފައިވާ ނުވަތަ ވަކި ބަޔަކަށް އެކަނި މަސައްކަތްކުރާ) ކިޔުނު އެއްޗެއް އުފެދޭ 18 00:01:31,260 --> 00:01:36,420 މިފަދަ ޑޭޓާއިން ބައެއް ތަކެއްޗަށް ބުރަވޭ. އަދި ބާކި ހުރި ބަޔަށް މުހިއްމު ކަމެއް ނުދޭނެ. ނުވަތަ އެބައި އުނިކޮށްލާ 19 00:01:36,780 --> 00:01:41,800 ޓްރެއިނިންގ ޑޭޓާ އެއްކޮށްފައިވާ ގޮތާއި އެއްކުރާ މީހާއާއި ޑޭޓާ އަޅާ ގޮތަށް ބިނާކޮށް 20 00:01:41,800 --> 00:01:45,340 ޑޭޓާގައި އިންސާނުންގެ ބައެސް (ވަކިފަރާތަކަށް ޖެހިފައި) ހުރުމުގެ ފުރުސަތު އޮންނާނެ 21 00:01:45,880 --> 00:01:50,700 ވަކި ފަރާތަކަށް ޖެހިފައިވާ ޑޭޓާ އިން ދަސްކޮށްގެން ކޮމްޕިޔުޓަރުން ލަފާކުރާނީވެސް ވަކި ފަރާތަކަށް ޖެހިގެން 22 00:01:50,780 --> 00:01:54,320 ކޮމްޕިޔުޓަރަށް ޓްރެއިންކޮށްދޭ މީހުންނަށް އެނގިގެން ނޫނީ ނޭނގި ވެސް އެހެން ވެދާނެ 23 00:01:54,760 --> 00:01:58,400 :ޓްރެއިނިންގ ޑޭޓާއަށް ބަލާއިރު, ދެ ސުވާލެއް އަހާލާ 24 00:01:58,640 --> 00:02:01,600 ?ކޮމްޕިޔުޓަރަށް ރަނގަޅަށް އެނގޭނޭ މިންވަރަށް ޑޭޓާ އެބަހުރިތޯ 25 00:02:02,320 --> 00:02:06,860 ?އަދި އެއްވެސް ފަރާތަކަށް ބުރަނުވެ, ވެދާނެ ހުރިހާ ގޮތްތަކެއް މިޑޭޓާ އިން ރަމްޒުކޮށްދޭތޯ 26 00:02:07,460 --> 00:02:11,040 މިއީ އަހަރުމެން އިންސާނުން މުހިއްމު ރޯލެއް އަދާކުރާނެ ހާލަތެއް 27 00:02:11,160 --> 00:02:14,500 ބައެސް (ވަކި ފަރާތަކަށް ޖެހުން) ނުހިމެނޭ ޑޭޓާ މެޝިނަށް ދިނުމަކީ އަހަރުމެންގެ އަތްމަތީގައި އޮތް ކަމެއް 28 00:02:14,500 --> 00:02:18,160 މީގެ މާނައަކީ ވަރަށް ވަރަށް ބައިވަރު ޑޭޓާ, ވަރަށް ގިނަ ތަންތަނުން ހޯދުން 29 00:02:19,300 --> 00:02:22,580 މެޝިން ލަރނިންގ އަށް ޑޭޓާ ހޯދާއިރު ހަނދާނުގައި ބަހައްޓަންޖެހޭ ކަމަކީ 30 00:02:22,580 --> 00:02:26,660 އަހަރުމެން އަސްލު މި ޕްރޮގްރާމް ކުރަނީ އެލްގޮރިދަމްއެއް... ކޯޑުގެ ބަދަލުގައި ޓްރެއިންގ ޑޭޓާ ބޭނުންކޮށްގެން 31 00:02:27,100 --> 00:02:29,780 މިހާލަތުގައި ކޯޑަކީ ޑޭޓާ 32 00:02:30,180 --> 00:02:34,680 ކޮމްޕިޔުޓަރ ރަނގަޅަށް ދަސްކުރާނީ... ޑޭޓާ ވެސް ރަނގަޅު ވެގެން