-
އަވަރ އޮފް ކޯޑް | ޑާންސް ޕާޓީ: ޕްރޮޕަޓީސް
-
އަހަރެންނަށް ކިޔަނީ މަރީއާ
-
އަހަރެންނަކީ ޔުނިވަރސިޓީ އޮފް ވޮޝިންގޓަންގެ ޖޫނިއަރ ކްލާހުގައި ކިޔަވާ ދަރިވަރެއް
-
އަދި އަހަރެންނަކީ އެމޭޒަން ފިޔުޗަރ އިންޖިނިއަރެއް
-
އަހަރެންނަށް ކޮމްޕިޔުޓަރ ސައިންސް ވަރަށް ކަމުދޭ
-
އެއީ އޭގައި މައްސަލަތައް ހައްލުކުރުމާއި، ކްރިޓިކަލްކޮށް ވިސްނުމުގެ ބައި ހިމެނޭތީ
-
މީއަކީ އެއްޗެއް ތައްޔާރުކުރުމަށް ގިނަ ވަގުތު ހޭދަކޮށްފައި
-
ކޫލް އަދި ހިތްހަމަޖެހޭ ނަތީޖާއެއް ލިބޭކަމެއް
-
މިހާރު، އެކި ވައްތަރުގެ ނެށުންތެރިންނާއި
-
އެކި ވައްތަރުގެ ނެނުން ބޭނުންކޮށްގެން ޕްރޮގްރާމް ކުރުމަށް މަސައްކަތް ކުރެއްވިއްޖެ
-
އެކަމަކު އަސްލު މި މޫވްތައް މަސައްކަތްކުރަނީ ކިހިނެއް؟
-
ކޮންމެ ނެށުމެއްގައި ހިމެނެނީ ފްރޭމްސް އޭކިޔާ ފޮޓޯ ސީރީސްތަކެއް
-
ކޮންމެ ފްރޭމެއް އޭގެ ކުރިން އިން ފްރޭމާއި ކުޑަކޮށް ތަފާތުވާނެ
-
ޕްރޮގްރާމް "ރަން" ވާއިރު ކޮމްޕިޔުޓަރުން ދައްކަނީ ފަހަރަކު ފްރޭމެއް
-
ފްރޭމްތައް ބަދަލުވާ ސްޕީޑް އެހާ ހަލުވިކަމުން ނެށުންތެރިޔާ ހަރަކާތްކުރާ ފަދައިން ފެންނަނީ
-
ހުރިހާ އެނިމޭޝަނެއްގެ ވެސް ފަހަތުގައިވާ ސިއްރަކީ މިއީ
-
ތިކުދިންނަށް ހަމައެކަނި ނެށުންތެރިންގެ ނެށުން ބަަލުކުރެވޭނީކީ ނޫން
-
އޭގެ އިތުރުން ނެށުންތެރިޔާގެ އެކި ޕްރޮޕަޓީސް ވެސް ބަދަލުކުރެވޭނެ
-
ޕްރޮޕަޓީސް އިން ބުނެދޭނީ ނެށުންތެރިޔާ ސްކްރީނުގައި ހުންނާނެ ތަން
-
ނެށުންތެރިޔާގެ ސައިޒު
-
އަދި ނެށުންތެރިޔާގެ ކުލަ ފަދަ ކަންތައްތައް
-
ނެށުންތެރިޔާގެ ޕްރޮޕަޓީސް ބަދަލުކުރުމަށް ބޭނުންކުރަންޖެހޭނީ ސެޓް ބްލޮކް
-
އަހަރުމެންގެ ނެށުންތެރިންގެ ސައިޒު ކުޑަކޮށްލަން ސެޓް ބްލޮކެއް ބޭނުންކުރަން ހިނގާ
-
އެންމެ ފުރަތަމަ، ޕްރޮގްރާމްގެ ތެރެއަށް ސެޓް ބްލޮކެއް ޑްރޭގްކޮށްލާ
-
ދެން ބޭނުންވާ ނެށުންތެރިއެއް ސިލެކްޓްކުރުމަށްފަހު
-
ބޭނުންވާ ސައިޒުގެ ނަންބަރު ޖަހާލާ
-
އެންމެ ބޮޑު ސައިޒަކީ 100
-
ނަންބަރު ކުޑަކުރާ ވަރަކަށް ނެށުންތެރިޔާގެ ސައިޒު ކުޑަވާނެ
-
ސައިޒު ކުޑަވާ ވަރަކަށް ހީވާނީ ނެށުންތެރިޔާ ދުރުގައި ހުންނަހެން
-
މިއީ ބެކަޕް ނެށުންތެރިން ތައްޔާރުކޮށްލަން ވަރަށް މޮޅު ގޮތެއް
-
ސެޓް ބްލޮކް ބޭނުންކޮށްގެން ނެށުންތެރިޔާގެ ކުޑަބޮޑުމިން
-
އެނބުރެންވީ މިންވަރު
-
ސްކްރީންގައި ހުންނަންވީ ޕޮއިންޓް
-
އަދި ކުލަ ބަދަލު ކުރެވިދާނެ
-
މި ޕްރޮޕަޓީސްތައް ބަދަލުކޮށްލައިގެން ލަވައިގެ އެކި ބައިބަޔަށް ނެށުންތެރިން އެކި ގޮތްގޮތަށް ފެންނާނެހެން ބަދަލުކޮށްލެވިދާނެ
-
..
-
ހަނދާންކުރާތި، ޕްރޮޕަޓީސް ބަދަލު ކުރެވޭނީ ހަމައެކަނި ޕްރޮގްރާމްގައި ހުރި ނެށުންތެރިއެއްގެ
-
އެހެންވީމާ، ސެޓް ބްލޮކް އަބަދުވެސް "މޭކަ އަ ނިއު ޑާންސަރ" ބްލޮކްގެ ފަހަތުން ގެންނަން ހަނދާންކުރާތި
-
އެކި ގޮތްގޮތަށް އެކްސްޕެރިމެންޓްކޮށްލާ
-
މަޖާ އަދި ކްރިއޭޓިވް ގޮތެއް ހަދާލާ