މެޝިން ލާނިންގ ރަނގަޅުވާނީ އެއަށް އަޅާ ޑޭޓާ ރަނގަޅުވެގެން
އެހެން ކަމުން, ފެންވަރު ރަނގަޅު ޑޭޓާ ބޭނުންކުރުން ވަރަށް ވަރަށް މުހިއްމު, އަދި ވަރަށް ބައިވަރު ޑޭޓާ
އެކަމަކު ޑޭޓާ މިހާ މުހިއްމު ވާއިރު, މި ޓްރެއިނިންގ ޑޭޓާ އަންނަނީ ކޮންތާކުންތޯ އެހާލުމަކީ މުހިއްމު ކަމެއް
ގިނަފަހަރަށް ކޮމްޕިޔުޓަރަށް ބޭނުންވާ ޓްރެއިނިންގ ޑޭޓާ އެއްކުރަނީ އަހަރުމެން ފަދަ މީހުންގެ ފަރާތުން
އަހަރުމެންގެ މާބޮޑު މަސައްކަތަކާއި ނުލާ
ވީޑިއޯ ސްޓްރީމް ކުރާ ޚިދުމަތަކުން, އަހަރުމެން ބަލަނީ ކޮން ވީޑިއޯތަކެއްތޯ ބަލާފާނެ, އަދި މީގެންމިޑޭޓާއިން ޕެޓަރންތަކެއް ދެނެގަންނާނެ
އަހަރުމެން ދެން ބަލަން ބޭނުން ވެދާނެ ވީޑިއޯ ރިކޮމެންޑްކުރަން
ބައެއް ފަހަރު, އަހަރުމެން ގާތުން އެހީއަށް އެދޭ. މިސާލަކަށް މަގުމަތީގެ ނިޝާންތަކާއި ފޮޓޯތައް ދެނެގަންނަން ބައެއް ވެބްސައިޓްތަކުގައި ބުނެފައި ހުރޭ
މިފަދަ ހާލަތުގައި އަހަރުމެން ޓްރެއިނިންގ ޑޭޓާ ފޯރުކޮށްދިނުމުން, މެޝިނަކަށް ފެނުމަށް ދަސްކޮށްދެވެނީ. އަދި ކޮންމެ ވެސް ދުވަހަކު ދުއްވަންވެސް ދަސްކޮށްދެވިދާނެ
ސިއްހީ ދިރާސާ ކުރާ ފަރާތްތަކުން ޓްރެއިނިންގ ޑޭޓާގެ ގޮތުގައި ސިއްހީ ފޮޓޯ ބޭނުންކޮށްގެން
ބަލިތައް ދެނެގަތުމާށައި އޭގެ ފަރުވާ ހޯދުމަށް ކޮމްޕިޔުޓަރަކަށް ދަސްކޮށްދެވިދާނެ
މެޝިން ލަރނިންގ އަށް ޓްރެއިންނިންގ ޑޭޓާގެ ގޮތުގައި ސަތޭކައިން ހާހުން ފޮޓޯ ބޭނުންވާނެ, އަދި ޑޮކްޓަރެއްގެ އިރުޝާދުވެސް ބޭނުންވާނެ
ބަލަންވީ ކަންތައްތައް އެނގޭނެ ޑޮކްޓަރުންގެ އިރުޝާދު. އޭގެން ރަނގަޅަށް ބަލި ދެނެގަތުމުގެ ކުރިން.
އެތަށް ހާސް މިސާލެއް ދިންނަމަވެސް, ކޮމްޕިޔުޓަރ ބޭނުންކޮށްގެން ކުރިއަށް ލަފާކުރުމުގައި މައްސަލަ ހުރެދާނެ
ފިރިހެނުންގެ ހަށިގަނޑުގެ އެކްސްރޭގެ ޑޭޓާ ނަގައިފިނަމަ, ކޮމްޕިޔުޓަރު ކުރިއަށް ލަފާކުރާގޮތް ހަމައެކަނި ދިމާވާނީ ހަމައެކަނި ފިރިހެނުންނަށް
އަންހެނެއްގެ ހަށިގަނޑުގެ އެކްސްރޭ ބަލާފައި ބަލި ދެނެގަންނަން ބުނެފިނަމަ, އެކަން ނޭގިދާނެ
ޓްރެއިނިންގ ޑޭޓާގައި މިފަދަ ބައިތައް މަދުވެއްޖެނަމަ, މީގެން ބައެސް (ވަކިފަރާތަކަށް ޖެހިފައިވާ ނުވަތަ ވަކި ބަޔަކަށް އެކަނި މަސައްކަތްކުރާ) ކިޔުނު އެއްޗެއް އުފެދޭ
މިފަދަ ޑޭޓާއިން ބައެއް ތަކެއްޗަށް ބުރަވޭ. އަދި ބާކި ހުރި ބަޔަށް މުހިއްމު ކަމެއް ނުދޭނެ. ނުވަތަ އެބައި އުނިކޮށްލާ
ޓްރެއިނިންގ ޑޭޓާ އެއްކޮށްފައިވާ ގޮތާއި އެއްކުރާ މީހާއާއި ޑޭޓާ އަޅާ ގޮތަށް ބިނާކޮށް
ޑޭޓާގައި އިންސާނުންގެ ބައެސް (ވަކިފަރާތަކަށް ޖެހިފައި) ހުރުމުގެ ފުރުސަތު އޮންނާނެ
ވަކި ފަރާތަކަށް ޖެހިފައިވާ ޑޭޓާ އިން ދަސްކޮށްގެން ކޮމްޕިޔުޓަރުން ލަފާކުރާނީވެސް ވަކި ފަރާތަކަށް ޖެހިގެން
ކޮމްޕިޔުޓަރަށް ޓްރެއިންކޮށްދޭ މީހުންނަށް އެނގިގެން ނޫނީ ނޭނގި ވެސް އެހެން ވެދާނެ
:ޓްރެއިނިންގ ޑޭޓާއަށް ބަލާއިރު, ދެ ސުވާލެއް އަހާލާ
?ކޮމްޕިޔުޓަރ ރަނގަޅަށް އެނގޭނޭ ވަރަށް ބޭނުންވާ ޑޭޓާ އެބަހުރިތޯ
?އަދި އެއްވެސް ފަރާތަކަށް ބުރަނުވެ, ވެދާނެ ހުރިހާ ގޮތްތަކެއް މިޑޭޓާ އިން ރަމްޒުކޮށްދޭތޯ
މިއީ އަހަރުމެން އިންސާނުން މުހިއްމު ރޯލެއް އަދާކުރާނެ ހާލަތެއް
ބައެސް (ވަކި ފަރާތަކަށް ޖެހުން) ނުހިމެނޭ ޑޭޓާ މެޝިނަށް ދިނުމަކީ އަހަރުމެންގެ އަތްމަތީގައި އޮތް ކަމެއް
މީގެ މާނައަކީ ވަރަށް ވަރަށް ބައިވަރު ޑޭޓާ, ވަރަށް ގިނަ ތަންތަނުން ހޯދުން
މެޝިން ލަރނިންގ އަށް ޑޭޓާ ހޯދާއިރު ހަނދާނުގައި ބަހައްޓަންޖެހޭ ކަމަކީ
އަހަރުމެން އަސްލު މި ޕްރޮގްރާމް ކުރަނީ އެލްގޮރިދަމްއެއް, ކޯޑުގެ ބަދަލުގައި ޓްރެއިންގ ޑޭޓާ ބޭނުންކޮށްގެން
މިހާލަތުގައި ކޯޑަކީ ޑޭޓާ
ކޮމްޕިޔުޓަރ ރަނގަޅަށް ދަސްކުރާނީ ޑޭޓާ ވެސް ރަނގަޅު ވެގެން