އަވަރ އޮފް ކޯޑް | ޑާންސް ޕާޓީ: ވޯމް އަޕް
ހައި
އަހަރެންގެ ނަމަކީ މީރަލް ކަތްބީ، އަހަރެންނަކީ ނެށުންތެރިއެއް، ސޮފްޓްވެއަރ ޑިވެލޮޕަރެއް އަދި އައިލުމިނޭޓްގެ އުފެއްދި ފަރާތް
ކޮމްޕިޔުޓަރ ސައިންސާއި އުފެއްދުންތެރިކަމާއި އެތައް ގޮތަކަށް ގުޅިފައިވޭ
އަދަދު ނުކުރެވޭހާ ގިނަ ގޮތްތަކަށް ގުޅޭ، އަސްލު
އަހަރެން މިބުނި އެއްޗެއްގެ މާނައަކީ، ސޮފްޓްވެއަރ ލިޔުމުގެ ހުނަރު ލިބިއްޖެނަމަ، ތިމާގެ ޚިޔާލުތައް ކޮންމެ ކަމަކަށް ވެސް ބަދަލުކޮށްލެވިދާނެ
އަހަރެން އެ ބޭނުންކުރަނީ ލައިޓް ސޫޓާއެކު
ސޮފްޓްވެއަރ ލިޔެވޭނޭ ޓޫލެއް އޮތްނަމަ އެތަށް ކަމެއްކުރެވިދާނެ
އަސްލު ކުރެވިދާނެ ކަންތައް ހުސްނުވާނެ
ކުރިއަށް އޮތް 1 ގަޑިއިރުގެ ތެރޭގައި، ތިޔަ ތަޖުރިބާ ކުރަން އުޅެނީ ކޮމްޕިޔުޓަރ ސައިންސްގެ ފެށުން
އަމިއްލަ ޑާންސް ޕާޓީއެއް ޑިވެލޮޕްކުރުން
ވަރަށް ހިޓް މިޔުޒިކާއި ގަދަ ނެށުންތެރިންގެ ޓީމެއް ވަނީ ތިކުދިންނާއެކު މިކަމުގައި ބައިވެރިވުމަށް ތައްޔާރުވެފައި
އެކި ނެށުންތެރިން ޚިޔާރުކުރުމަށާއި އެމީހުން ނަށާނެ ގޮތްތައް ޚިޔާރުކުރުމަށާއި، މިޔުޒިކަށް މޫވްކުރުމާއި ވީހާވެސް އިންޓަރެކްޓިވްކުރުމަށް އެކި ބާވަތުގެ ކޯޑް ބްލޮކް ބޭނުންކުރެވޭނެ
...
ތިކުދިންގެ ސްކްރީން ބެހިފައިވަނީ ތިން ބަޔަކަށް
ވާތްފަރާތުގައި މިފެންނަނީ ޕްލޭ ސްޕޭސް
ނެށުންތެރިން ނަށާތަން ފެންނާނީ މިތަނުގައި
ސްކްރީންގެ މެދުން ފެންނަ ޖާގައަކީ ޓޫލްބޮކްސް
ލެސަންތައް ކުރިއަށްދާ މިންވަރަކުން، އެކި އެކި އައު ކޯޑް ބްލޮކް މިތަނުން ފެންނާނެ
ކަނާތް ފަރާތުގައި މިފެންނަ ޖާގައަކީ ވޯކްސްޕޭސް
ޕްރޮގްރާމް ކުރަމުން ދާވަރަކަށް ޓޫލްބޮކްސް އޭރިއާއިން ބްލޮކްތައް ނަގާފައި މިތަނަށް ޑްރޮޕްކުރެވޭނެ
ކޮންމެ ލެވެލްއެއް ކުރިއަށް ދާންވީ ގޮތުގެ އިރުޝާދުތައް ފެންނާނީ މިތާ ސްކްރީންގެ މަތިން
ކުރިއަށް ދިއުމުގައި ހިންޓެއް ބޭނުންނަމަ، މިތަނުން ފެންނަ ލައިޓްބަލްބަށް ފިތާލާ
ފެއްޓުމުގެ ގޮތުން، މި ރަތް ބްލޮކް ބޭނުންކޮށްގެން އައު ނެށުންތެރިއެއް ހަދަން ހިނގާ
ފުރަތަމަ، ޓޫލްބޮކްސްއިން އެބްލޮކް ނެގުމަށްފަހު މި އޮރެންޖު ކުލައިގެ 'ސެޓްއަޕް' ބްލޮކާއި ގުޅުވާލާ
މިހާރު މިހެދުނު ނެށުންތެރިއަކީ ބުޅާ، އަދި އޭގެ ނަމަކީ - މައި ފަރސްޓް ޑާންސާ
މިތަނަށް ކްލިކް ކުރުމަށްފަހު ނަން ބޭނުންގޮތަކަށް ބަދަލުކުރެވޭނެ
އަދި ނެށުންތެރިޔާ ޕްލޭ ސްޕޭސް ތެރޭގައި ހުންނަން ބޭނުންވާ ހިސާބު މި ބޭނުންކޮށްގެން ބަދަލުކުރެވޭނެ.
ޕްލޭ ސްޕޭސްގެ މަތީގައި އިން މެނޫ އިން ބޭނުންވާ މިޔުޒިކެއް ނެގޭނެ
މިތާގައި ވަރަށް ގިނަ މިޔުޒިކްތަކުގެ އޮޕްޝަން ހުންނާނެ، އެހެންވީމާ، އެންމެ ކަމުދާ މިޔުޒިކެއް ހޯދުން މަޖާވާނެ
ޕްލޭ ސްޕޭސްގެ މީނީ "ރަން" ބަޓަން
މިބަޓަންއަށް ފިތުމުން ޕްރޮގްރާމްގައި ހިމެނޭ ނެށުންތެރިން ޕްލޭ ސްޕޭސް ތެރޭގައި ނަށާނެ
އަދި މިޔުޒިކް ވެސް ކުޅެވޭނެ
(music)
އަމިއްލައަށް މަސައްކަތްކޮށްލާ
ކުޑަކޮށް އުނދަގޫ ވިޔަސް، އެއީ މައްސަލައެއްނޫން
ކުޑަކޮށް މަސައްކަތްކޮށްލަނިކޮށް، އިރުކޮޅަކުން އަމިއްލައަށް ޑާންސް ޕާޓީއެއް ތައްޔާރުކޮށްލެވިދާނެ
..
އެހެންވީމާ، ކޯއްޗެއް ތައްޔާރުކޮށްލާނީ