0:00:08.300,0:00:11.860 އަހަރެންގެ ނަމަކީ އަލެ ފްލޮރެސް. އަހަރެންނަކީ އެލެކްސާގެ ޕްރޮޑަކްޓް މެނޭޖަރެއް 0:00:12.500,0:00:15.220 އަހަރެންގެ ނަމަކީ ޑރ. ޗެލްސީ ހައުޕްޓް. އަހަރެން މަސައްކަތް ކުރަނީ އެލެން އިންސްޓިޓިއުޓް ފޯރ އާޓިފިޝަލް އިންޓެލިޖެންސް 0:00:15.360,0:00:19.500 އޭއައި ގެ އެހީގައި މަސައްކަތް ކުރާ އެކަޑަމިކް ސަރޗް އިންޖިންއެއް ހެދުމަށް އަހަރެން މަސައްކަތްކުރަން 0:00:21.180,0:00:26.020 ކަންކަން ނިންމުމުގައި ކޮމްޕިޓަރ ބޭނުންކުރާތަން, އަހަރުމެން ވަށައިގެން ފެނޭ. އަދި މި ނިންމާ ކަންތައްތަކުން 0:00:26.020,0:00:31.259 އަހަރުމެންގެ ދިރިއުޅުމަށް އަސަރު ކުރޭ. އިންޓަރނެޓުން އެއްޗެއް ހޯދާއިރު ނޫނީ ޚަބަރުތައް ބަލާލާއިރު ފެންނަ ތަކެތި 0:00:31.260,0:00:34.360 އެއީ ކޮމްޕިޔުޓަރ ބޭނުންކޮށްގެން ނިންމާފައިވާ ތަކެތި 0:00:34.360,0:00:39.060 މިހާރުވެސް ކޮމްޕިޔުޓަރަށް އަހަރުމެންގެ މޫނު އެނގޭ, އަދި އަޑުވެސް ދެނެގަނޭ 0:00:39.060,0:00:44.080 ވަރަށް އަވަހަށް އެތަކެތި އިންސާނުންނަށް ވުރެ މޮޅަށް ކާރުވެސް ދުއްވާނެ, އަދި ބަލިތައްވެސް ދެނެގަންނާނެ 0:00:44.480,0:00:46.900 ?މިހެން ވާނީ ކިހިނެއް 0:00:47.520,0:00:52.960 އޭއައި ނުވަތަ އާޓިފިޝަލް އިންޓެލިޖެންސްގެ ވާހަކަ ކުރިން އަޑުއަހާފައިވެސް ހުރެދާން 0:00:53.320,0:00:56.780 ހަޤީޤީ އާޓިފިޝަލް އިންޓެލިޖެންސް އަންނާނީ އަދި އަހަރުތަކެއް ފަހުން 0:00:57.200,0:01:01.520 އެކަމަކު މިހާރުވެސް އާޓިފިޝަލް އިންޓެލިޖެންސްގެ ވައްތަރެއް ބޭނުންކުރޭ, އެއީ މެޝިން ލަރނިންގ 0:01:01.520,0:01:05.360 ނޭނގި ނަމަވެސް މިވައްތަރުގެ އޭއައި, އަހަރުމެން ކޮންމެ ދުވަހަކުވެސް ބޭނުންކުރެވިފައި ހުރުން އެކަށީގެންވޭ 0:01:05.360,0:01:10.700 އޭގެ ބޭނުންކޮށްގެން ދުނިޔޭގެ އެންމެ ބޮޑެތި ގޮންޖެހުންތައް އަހަރުމެންނަށް ހައްލުކުރުމުގެ ފުރުސަތު އެބައޮތް 0:01:12.660,0:01:18.180 މެޝިން ލަރނިންއަކީ ކޮމްޕިޔުޓަރުގެ ބޭނުންކޮށްގެން ޕެޓަރންތައް ދެނެގަނެ, އެއާއި ގުޅުވައިގެން ނިންމުންތައް ނިިންމުން 0:01:18.180,0:01:21.360 ވަކިން ޕްރޮގްރާމްކުރުމަކާއި ނުލާ 0:01:21.820,0:01:27.580 މީގެ އަދި އެންމެ ޝައުގުވެރިވާ ކަމަކީ, މިއީ ކޮމްޕިޔުޓަރ ޕްރޮގާމްކުރާ މުޅިން އައު ގޮތަކަށް ވާތީ 0:01:27.580,0:01:29.620 ކުރިން އަހަރެމެން ކޮށްފައިވާ ގޮތާއި ޚިލާފަށް 0:01:31.340,0:01:36.860 މެޝިން ލަރނިންގ ގެ އެހީގައި, ފަހަރަކު ފިޔަވަޅަކުން ފިޔަވަޅަކުން ޕްރޮގްރާމްކުރުމުގެ ބަދަލުގައި 0:01:37.360,0:01:43.760 އަހަރުމެންވެސް ކަންތައްތައް ދަސްކުރާ ގޮތަށް, މަސައްކަތްކޮށްފައި, ފެއިލްވެފައި އަދި އެތަށް ފަހަރަކު ޕްރެކްޓިސްކުރާ ގޮތަށް ޕްރޮގްރާމް ކުރެވޭނެ 0:01:44.560,0:01:48.880 ކަންތައްތައް ދަސްވަނީ ތަޖުރިބާކުރުމުގެ ތެރެއިން. މެޝިން ލަރނިންގ ގައި ވެސް ވަނީ މިހެން 0:01:49.280,0:01:53.700 މިހާލަތުގައި "ތަޖުރިބާ" ގެ މާނައަކީ ވަރަށް ވަރަށް ގިނަ ޑޭޓާ 0:01:54.500,0:01:57.560 މެޝިން ލަރނިންގ ގައި ކޮންމެ ބާވަތެއްގެ ޑޭޓާވެސް ނެގިދާނެ 0:01:57.560,0:02:04.520 ފޮޓޯ, ވީޑިއޯ, އޯޑިއޯ, ނޫނީ ލިޔުން , އަދި މި ޑޭޓާގައި ހުންނަ ޕެޓަރންތައް ދެނެގަންނަން ފަށާ 0:02:06.300,0:02:11.120 އަދި ޕެޓަރންތައް އެނގި ދަސްވުމުން, މީގެން އަމިއްލައަށް ކުރިއަށް އަންނަ ހުރި ކަންތައްތައްވެސް ދަސްކުރޭ 0:02:11.120,0:02:12.980 އެ ޕެޓަރންސްތަކަށް ބަލާފައި 0:02:13.340,0:02:18.420 މިސާލަކަށް, ކާރެއްގެ ފޮޓޮއަކާއި ބައިސްކަލެއްގެ ފޮޓޯ ބަލާފައި އޭގައި ހުރި ތަފާތު ނަގައިގަނޭ 0:02:20.600,0:02:26.200 އޭއައި އާއި މެޝިން ލަރނިންގ އިން މުޅި މުޖުތަމަޢުގައި ކުޅޭ ރޯލް ދަނީ ބޮޑުވަމުން 0:02:26.640,0:02:29.000 އަދި މުސްތަގުބަލު ބިނާކުރުމުގައިވެސް 0:02:29.000,0:02:34.600 މިކަން ދަސްކޮށް, މީގެ ތަޖުރިބާ ހޯދުން މުހިއްމު ވަނީ އެހެންވެ 0:02:35.000,0:02:39.000 އަމިއްލައަށް މެޝިން ލަރނިންގ މޮޑެލް އެއް ޓްރެއިން ކުރުމުގެ ފުރުސަތު މިހާރު މިލިބެނީ 0:02:40.940,0:02:47.020 ހަނދާން ކުރައްޗޭ, އޭއައި އަކީ ޓޫލެއް: ފުރަތަމަ މިކަމުގެ މަޢުލޫމާތު ހޯދާ, ދެން އޭރުން މީގެ ބާރު އިނގޭނެ