އަހަރެންގެ ނަމަކީ އަލެ ފްލޮރެސް. އަހަރެންނަކީ އެލެކްސާގެ ޕްރޮޑަކްޓް މެނޭޖަރެއް
އަހަރެންގެ ނަމަކީ ޑރ. ޗެލްސީ ހައުޕްޓް. އަހަރެން މަސައްކަތް ކުރަނީ އެލެން އިންސްޓިޓިއުޓް ފޯރ އާޓިފިޝަލް އިންޓެލިޖެންސް
އޭއައި ގެ އެހީގައި މަސައްކަތް ކުރާ އެކަޑަމިކް ސަރޗް އިންޖިންއެއް ހެދުމަށް އަހަރެން މަސައްކަތްކުރަން
ކަންކަން ނިންމުމުގައި ކޮމްޕިޓަރ ބޭނުންކުރާތަން, އަހަރުމެން ވަށައިގެން ފެނޭ. އަދި މި ނިންމާ ކަންތައްތަކުން
އަހަރުމެންގެ ދިރިއުޅުމަށް އަސަރު ކުރޭ. އިންޓަރނެޓުން އެއްޗެއް ހޯދާއިރު ނޫނީ ޚަބަރުތައް ބަލާލާއިރު ފެންނަ ތަކެތި
އެއީ ކޮމްޕިޔުޓަރ ބޭނުންކޮށްގެން ނިންމާފައިވާ ތަކެތި
މިހާރުވެސް ކޮމްޕިޔުޓަރަށް އަހަރުމެންގެ މޫނު އެނގޭ, އަދި އަޑުވެސް ދެނެގަނޭ
ވަރަށް އަވަހަށް އެތަކެތި އިންސާނުންނަށް ވުރެ މޮޅަށް ކާރުވެސް ދުއްވާނެ, އަދި ބަލިތައްވެސް ދެނެގަންނާނެ
?މިހެން ވާނީ ކިހިނެއް
އޭއައި ނުވަތަ އާޓިފިޝަލް އިންޓެލިޖެންސްގެ ވާހަކަ ކުރިން އަޑުއަހާފައިވެސް ހުރެދާން
ހަޤީޤީ އާޓިފިޝަލް އިންޓެލިޖެންސް އަންނާނީ އަދި އަހަރުތަކެއް ފަހުން
އެކަމަކު މިހާރުވެސް އާޓިފިޝަލް އިންޓެލިޖެންސްގެ ވައްތަރެއް ބޭނުންކުރޭ, އެއީ މެޝިން ލަރނިންގ
ނޭނގި ނަމަވެސް މިވައްތަރުގެ އޭއައި, އަހަރުމެން ކޮންމެ ދުވަހަކުވެސް ބޭނުންކުރެވިފައި ހުރުން އެކަށީގެންވޭ
އޭގެ ބޭނުންކޮށްގެން ދުނިޔޭގެ އެންމެ ބޮޑެތި ގޮންޖެހުންތައް އަހަރުމެންނަށް ހައްލުކުރުމުގެ ފުރުސަތު އެބައޮތް
މެޝިން ލަރނިންއަކީ ކޮމްޕިޔުޓަރުގެ ބޭނުންކޮށްގެން ޕެޓަރންތައް ދެނެގަނެ, އެއާއި ގުޅުވައިގެން ނިންމުންތައް ނިިންމުން
ވަކިން ޕްރޮގްރާމްކުރުމަކާއި ނުލާ
މީގެ އަދި އެންމެ ޝައުގުވެރިވާ ކަމަކީ, މިއީ ކޮމްޕިޔުޓަރ ޕްރޮގާމްކުރާ މުޅިން އައު ގޮތަކަށް ވާތީ
ކުރިން އަހަރެމެން ކޮށްފައިވާ ގޮތާއި ޚިލާފަށް
މެޝިން ލަރނިންގ ގެ އެހީގައި, ފަހަރަކު ފިޔަވަޅަކުން ފިޔަވަޅަކުން ޕްރޮގްރާމްކުރުމުގެ ބަދަލުގައި
އަހަރުމެންވެސް ކަންތައްތައް ދަސްކުރާ ގޮތަށް, މަސައްކަތްކޮށްފައި, ފެއިލްވެފައި އަދި އެތަށް ފަހަރަކު ޕްރެކްޓިސްކުރާ ގޮތަށް ޕްރޮގްރާމް ކުރެވޭނެ
ކަންތައްތައް ދަސްވަނީ ތަޖުރިބާކުރުމުގެ ތެރެއިން. މެޝިން ލަރނިންގ ގައި ވެސް ވަނީ މިހެން
މިހާލަތުގައި "ތަޖުރިބާ" ގެ މާނައަކީ ވަރަށް ވަރަށް ގިނަ ޑޭޓާ
މެޝިން ލަރނިންގ ގައި ކޮންމެ ބާވަތެއްގެ ޑޭޓާވެސް ނެގިދާނެ
ފޮޓޯ, ވީޑިއޯ, އޯޑިއޯ, ނޫނީ ލިޔުން , އަދި މި ޑޭޓާގައި ހުންނަ ޕެޓަރންތައް ދެނެގަންނަން ފަށާ
އަދި ޕެޓަރންތައް އެނގި ދަސްވުމުން, މީގެން އަމިއްލައަށް ކުރިއަށް އަންނަ ހުރި ކަންތައްތައްވެސް ދަސްކުރޭ
އެ ޕެޓަރންސްތަކަށް ބަލާފައި
މިސާލަކަށް, ކާރެއްގެ ފޮޓޮއަކާއި ބައިސްކަލެއްގެ ފޮޓޯ ބަލާފައި އޭގައި ހުރި ތަފާތު ނަގައިގަނޭ
އޭއައި އާއި މެޝިން ލަރނިންގ އިން މުޅި މުޖުތަމަޢުގައި ކުޅޭ ރޯލް ދަނީ ބޮޑުވަމުން
އަދި މުސްތަގުބަލު ބިނާކުރުމުގައިވެސް
މިކަން ދަސްކޮށް, މީގެ ތަޖުރިބާ ހޯދުން މުހިއްމު ވަނީ އެހެންވެ
އަމިއްލައަށް މެޝިން ލަރނިންގ މޮޑެލް އެއް ޓްރެއިން ކުރުމުގެ ފުރުސަތު މިހާރު މިލިބެނީ
ހަނދާން ކުރައްޗޭ, އޭއައި އަކީ ޓޫލެއް: ފުރަތަމަ މިކަމުގެ މަޢުލޫމާތު ހޯދާ, ދެން އޭރުން މީގެ ބާރު އިނގޭނެ